ފިޝަރީޒް ކޮލެޖްގެ ކޯސްތަކަކަށް ހުޅުވާލައިފި
މަސްވެރިކަމުގެ ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އިން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަށުން ހިންގަމުން ފިޝަރީޒް ކޮލެޖުން އަންނަ މަހު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ އެ މަހުގެ 5 އަށެވެ. އެ ކޯސްތަކުގެ ތެރޭގައި ހަ މަސް ދުވަހުގެ ދެ ކޯހެއް ހިމެނެ އެވެ. އޭގެތެރޭގައި ހިމެނެނީ ނޭޝަނަލް ސެޓްފިކެޓް…









