މާލޭގެ ގުދަނެއްގައި އަލިފާން ރޯވެއްޖެ
މާލޭގެ ގެއެއްގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ މާފަންނު ގެއެއްގެ 10 ވަނަ ބުރީގައި ހުރި ގުދަނެއްގައި ކަމަށެވެ. އަލިފާން ވަރަށް ބޮޑަށް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެނގިފައެއް ނުވެ އެވެ.