ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕަށް ހުޅުވާލައިފި
ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕަށް ކުރިމަތިލުމަށް އޭޕްރިލް މަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ. އެ ކުންފުނިން ވިދާޅުވީ 24 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް މި ޖާގަތަކަށް ކުރިމަތިލެވޭނެކަމަށެވެ. އަދި ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓަރ ސައިންސް ހިމެނޭހެން އޭލެވެލްގައި ދެ A ސްޓަރ އާއި A އެއް ހޯދާފައިވާ ދަރިވަރަކަށް ނުވަތަ އެއާއި އެއްވަރުގެ އައިބީ ސެޓްފިކޭޝަނެއް އޮތް ފަރާތްތަކަށް ވާންޖެހޭނެ ކަމަށެވެ. އިނގިރޭސިވިލާތުގައި ބެޗްލަރސް ޑިގްރީ ހާސިލް ކުރުމަށް ތިން ފުރުސަތު…









