މަގޭ ސާފުރާއްޖެ މަހާސިންތާ އަންނަ މަހު ބާއްވަނީ
ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރާނެގޮތުގެ މައުލޫމާތު އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާމެދު ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައި މަހާސިންތާ އެއް ބާއްވަން ނިންމައިފިއެވެ. އަންނަ ޖުލައި މަހުގެ 20 އިން 23 އަށް "މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025" ނަމުގައި ބައްވާ މި މަހާސިންތާގައި ރާއްޖޭގެ ހުރިހާ ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކުގެ އިތުރުން ކުނިމެނޭޖްކުރުމާއި ގުޅުންހުރި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތައް…









