ކޯރާޑިއަކުން ހަމަލާދިން މައްސަލަ: ދެމީހުންގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި
ހުޅުމާލޭގައި ހުންނަ ރެހެންދި ޓާފު ދަނޑުގެ ކައިރީގައި މީހަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލައިގައި ބަންދުކުރެވިފައިވާ ދެ މީހުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލަ އިއްޔެ ޕީޖީ އޮފީހުން ބަލައިގަނެފައިވެއެވެ. މި ހަމަލާއާ ގުޅިގެން ހައްޔަރުކުރެވުނީ ގދ. ފިޔޯރީ ހީނާމާގޭ 25 އަހަރުގެ ރުސްތުމް އިބްރާހީމް އާއި ބ. ގޮއިދޫ ފިނިފެންމާގޭ 19 އަހަރުގެ ސައިފުﷲ ފައިސަލްއެވެ. މި ދެ މީހުންވެސް މިހާރު ވަނީ ޝަރީޢަތް…