ޔުމްނު ވެއްޓުން: ހާދިސާގައި ހިމެނޭ އެންމެންގެ ފުރުން މަނާ ކޮށްފި
މާލޭގެ އިމާރާތަކުން ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، އާއެކު އެ ރޭ އުޅުނު ހުރިހާ އެންމެންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ. އެ މައްސަލައާއި ގުޅިގެން ފުލުހުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. އަށް މީހަކު މި މީހުންނާ އެކު އެހާދިސާ ހިނގި ރޭ 12:00 ހާއިރު މާންދޫގެ ދެކުނު ބަޔަކަށް ވަންނަތަން ފެންނަ ކަމަށާއި އެ…









