މެރިން ރިސާޗަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޝަކީލް ނިޔާވެއްޖެ
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ދިގު މުއްދަތެއްވަންދެން ޚިދުމަތް ކުރައްވާފައިވާ ޙަސަން ޝަކީލް މިއަދު ނިޔާވެއްޖެއެވެ. ޝަކީލް ނިޔާވި އިރު ޢުމުރަކީ 64 އަހަރެވެ. ޙަސަން ޝަކީލް ކުއްލިއަކަށް ނިޔާވުމާއި ގުޅިގެން މެރިން ރިސާޗް އިންސްޓިޓިއުޓުން ތަޢުޒިޔާ ދަންނަވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، އޭނާ ވަނީ އެ އިންސްޓިޓިއުޓަށް 40 އަހަރަށްވުރެ ގިނަ ދުވަހު އެތަކެއް ޚިދުމަތްތަކެއް ކުރައްވާފައި ކަމަށެވެ. މެރިން ރިސާޗް އިންސްޓިޓިއުޓުން އިތުރަށް ބުނީ ހަސަން ޝަކީލަކީ، އެ ދާއިރާގެ މީހުން ބިނާކުރުމަށް ގިނަ…









