އިންތިހާބުތަކުން އެމްޑީޕީ ބަލިވި ސަބަބު ދެނެގަންނަން ދިރާސާ ބައްދަލުވުންތައް ފަށައިފި
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާންޖެހުނު ސަބަބުތައް ދެނެގަންނަން ދިރާސާ ބައްދަލުވުންތައް ފަށައިފި އެވެ. އިންތިހާބުތައް ގެއްލުނު ގޮތާއި ބެހޭ ދިރާސާ ކުރާ ކޮމިޓީން މިއަދު ވަނީ ނިމިދިޔަ ދައުރުގެ މާލޭ ދާއިރާގެ މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ. މީގެ އިތުރުން އެ ކޮމިޓީން ވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ މެންބަރުންނާވެސް ބައްދަލުކުރައްވައިފަ އެވެ. އެމްޑީޕީން ބުނީ މިބައްދަލުވުންތައް އަތޮޅުތެރޭގައިވެސް ކުރިއަށް ގެންދާނެ ކަމަށެވެ.…









