ހައުސިން ލޯނު އޮކްޓޫބަރު މަހު ދޫކުރަން ފަށަނީ
ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ފަސް އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާ ގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޫބަރުމަހު ދޫކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ގެދޮރު އިމާރާތްކުރަން ފަސް އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާ ގޮތަށް ލޯނު ދޫކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިނިވަން ދުވަހުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ މި ލޯނުތައް ދޫކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވެފަ…









