އެންމެ ދުވަހެއްވެސް ފަހަތަށް ނުގޮސް، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭނަން: ރައީސް
ނަތީޖާ ނެރުމުގައި ބާރު ސްޕީޑުގައި ކުރިއަށްދިއުމަށް ބޭނުންފުޅުވާކަމަށާއި، އެންމެ ދުވަހެއްވެސް ބޭކާރު ނުވެ، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ފީއަލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ އުންމީދުތައް އަވަހަށް ހަގީގަތަކަށްވުމަކީ، ރައްޔިތުން ވެސް އެންމެ ބޭނުންވާ ގޮތްކަމުގައި އެމަނިކުފާނު ގަބޫލު ކުރައްވާކަމަށެވެ. އެހެންކަމުން އެކަންކަން ހަގީގަތަކަށް ހެދުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން ކަންކަން…