އެމްޑީޕީގެ ރައީސް ހޮވުން އަންނަ މަހު، ކުރިމަތިލާން ހުޅުވާލައިފި
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތި ލުމަަށް ފުރުސަތު ހުޅުވައިލައިފިއެވެ. އެމްޑީޕީން ބަޔާނެއް އާންމުކޮށް ބުނީ ޕާޓީގެ ރައީސްގެ މަޤާމުގެ އިންތިޚާބު 02 މާރޗް 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ. އެހެންކަނުން އެ މަޤާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުޞަތު މިއަދުން ފެށިގެން 20 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލެވިފައިވާ ވާހަކަ އެ ޕާޓީންވަނީ އިއުލާންކޮށްފައެވެ. ރައީސްގެ މަގާމަށް ކުރިމަތިލުމަށް އެދޭ މެންބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފުރިހަމަކޮށްފައިވާ…