އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި
އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ. އައިޖީއެމްއެޗުން ނެރުނު ޚާއްޞަ ދެންނެވުމުގައިވާ ގޮތުން އެ ހޮސްޕިޓަލުގެ 11 ފަންގިފިލާގެ އިމާރާތް (ހިޔލަވިންގ) ގެ ބައެއް ފަންގިފިލާތަކުގައި ކުރަންޖެހޭ އެކިއެކި މަސައްކަތްތައް ކުރުމަށް، އެ ފަންގިފިލާތަކުން ދެމުންގެންދިޔަ ޚިދުމަތްތަކަށް އިއްޔެއިން ފެށިގެން ވަގުތީ ގޮތުން ބަދަލުތަކެއް ވަނީ ގެނެވިފައެވެ. މިގޮތުން 2 ވަނަ ފަންގިފިލާގައި ދެމުންދިޔަ އޮބްސްޓެޓްރިކްސް އެންޑް ގައިނީ އިމަރޖެންސީގެ ޚިދުމަތްތައް އަދި 3 އަދި 4 ވަނަ ފަންގިފިލާގައި ދެމުންދިޔަ ލޭބަރ ރޫމް އަދި…









