މާޅޮހުގައި ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
އއ. މާޅޮސްގައި ޒަޚަމްތަކަކާއެކު ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމައިފިއެވެ. މާޅޮސް ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ރޭ ދަންވަރު 01:50 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. އެ މީހާއަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. މިގޮތުން ނިޔާވެފައި އޮއްވާ ފެނުނީ އއ. މާޅޮސް، އޯކިޑުމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އ) އެވެ. މި މައްސަލައާ ގުޅިގެން…









