އދގެ އަންހެނުންގެ ކޮމިޝަނަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
އދ.ގެ ކޮމިޝަން އޮން ދި ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިއު)ގެ މެންބަރު ކަމަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ. ރާއްޖެ އިންތިހާބުވީ ސީއެސްޑަބްލިއުގެ 2026 އިން 2030 އަށް ކުރިއަށްދާ އެ ކޮމިޝަންގެ ދައުރަށެވެ. ސީއެސްޑަބްލިއުއަށް ރާއްޖެ އިންތިހާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ކޮމިޝަނަށް ރާއްޖެ އިންތިހާބުވުމަކީ ލިބުނު ފަހުރެއް ކަމަށެވެ. އެކްސްގައި ރައީސް ކުރެއްވި ޕޯސްޓްގައި ވަނީ ސީއެސްޑަބްލިއުއަށް އިންތިހާބުވި އެހެން ގައުމުތަކަށްވެސް މަރުހަބާ ދަންނަވާފަ އެވެ. އަންހެނުންގެ ހައްގުތަކާއި އަންހެނުން…









