ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކޮށްފި
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މިރޭ އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހޯމް މިނިސްޓަރު ދެންމެ ހަވާލު ކުރައްވައިފި އެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ސީޕީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ފުލުހުންގެ ގާނޫނުގެ ދަށުން އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވާނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ކަމަށެވެ. ޝުޖާއު މިރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ އިމާރާތެއްގެ…









