ކުޅުދުއްފުށީގެ ކޮންމެ ސްކޫލަކަށް ކައުންސިލުން އެއްލައްކަ ރުފިޔާގެ އެހީ
ކުޅުދުއްފުށީ ސިޓީގެ ކޮންމެ ސްކޫލަކަށް، އެސިޓީގެ ކައުންސިލުން މިއަހަރުވެސް އެއްލައްކަ ރުފިޔާގެ އެހީ ދީފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، އެސިޓީގައި ކިޔަވައިދޭ ސަރުކާރު ތިން ސްކޫލަށް މިއަހަރު ދިނުމަށް ކަނޑައަޅާފައިވާ "ސްކޫލް ގްރާންޓް" ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާކަމަށެވެ. ކުޅުދުއްފުށީގައި ކިޔަވައިދޭ ސަރުކާރު ސްކޫލްތަކަކީ، ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، ޖަލާލުއްދިން ސްކޫލުގެ އިތުރުން އަފީފުއްދީން ސްކޫލެވެ. މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭ ކަންކަން ހާސިލްކުރުމަށް ކޮންމެ ސުކޫލަކަށް 100،000…









