މަރުހަބާ ވިދާޅުވާން ރައީސް މުއިއްޒު އެއާޕޯޓަށް ވަޑައިގަތުމުން އުފާކުރަން: މޯދީ
ރައީސް ޑރ. މުހައްމަދު މުއިއްޒު، މަރުހަބާ ވިދާޅުވާން އެއާޕޯޓަށް ވަޑައިގަތުމުން ވަރަށް އުފާކުރައްވާ ކަމަށް އިންޑިއާގެ ބޮޑުވަަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މުއިއްޒު ވިދާޅުވި މަރުހަބާ ފާހަގަކުރައްވައި، މޯދީ ދެންމެ ވަނީ ދިވެހި ބަހުން އެކްސްގައި ޕޯސްޓެއް ކުރައްވައި ވިދާޅުވީ މަރުހަބާ ވިދާޅުވުމަށް ރައީސް މުއިއްޒު ވަޑައިގެންނެވުމުން އުފާ ކުރައްވާކަމަށާއި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަގީން ކުރައްވާ ކަމަށެވެ. "މާލެ އާދެވިއްޖެ.…









