މަސްޖިދުއްނަބަވީގެ އިމާމު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ވެރިންނާ ބައްދަލު ކުރައްވައިފި
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޞަލާޙުލް ބުދައިރު، މިއަދު ހެނދުނު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައެވެ. މި ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވުޒާރާގެ މަސައްކަތްތަކާއި، ވުޒާރާގެ ދަށުން މަސައްކަތްކުރާ އެކި އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޝައިޚް ޞަލާޙުލް ބުދައިރަށް އަރުވާފައެވެ. ޝައިޚް ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅަކީ ރަރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު، އިސްލާމީ…









