ސިވިލް އޭވިއޭޝަނާ ގުޅޭ އެެއްބަސްވުމެއް ސައުދީއާ އެކު
ސިވިލް އެވިއޭޝަން ދާއިރާ އިން ރާއްޖެ އާއި ސައުދީ އަރަބިއްޔާގެ ގުޅުން ވަރުގަދަކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. ސައުދީގެ އުމްލުޖް ސިޓީގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި އެެއްބަސްވުމުއި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ. ސައުދީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ސާލޭ ބިން ނާސަރު އަލް ޖަސަރު އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެއީ ވައިގެ ދަތުރުފަތުރުގެ ދާއިރާާ އާއި ސީޕްލޭން އޮޕަރޭޝަނާއި ވޯޓާ…









