ފުވައްމުލަކު އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ. ފުލުހުން ބުނީ ފުވައްމުލަކުގައި ސައިކަލެއް ކޮންޓްރޯލް ނުވެ ޒިބްރާ ކްރޮސް ޕޯސްޓް ދަނޑީގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:43 ހާއިރު ކަމަށެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް އޭނާއަށް ފުރަތަމަ ފަރުވާ ދިން ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އެކްސިޑެންޓްގައި އަނިޔާވި މީހާއަށް…