މިއަދު ހަވީރު 4 އިން 6 އާހަމައަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ!
ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެއެވެ. އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވަނީ މިއަދު ހަވީރު 16:00އިން 18:00އަށެވެ. މީގެ ކުރިން އީދު ދުވަސްތަކުގައި ވެހިކަލް ދުއްވުން މަނާކުރަނީ 16:00 އިން 20:00 އަށެވެ. ވެހިކަލް މަނާ ގަޑީގައި އިސްތިސްނާވާ އުޅަނދުތައް: ▪︎ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު ▪︎ އެމްބިއުލެންސް ▪︎ ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދު ▪︎ ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް…