ފިރިމީހާ ގޭގެ ޒިންމާތަކުގައި ހިއްސާވާނަމަ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެ: ފަޒްނާ
ފިރިހެންމީހާ ގޭގެ ޒިންމާތަކުގައި ހިއްސާވާނަމަ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެކަމަށާއި އަދި އަންހެން މީހާ އުފުލަން ޖެހޭ ބުރަ ޒިންމާތައް އިންސާފުވެރިކަމާއެކު ކުޑަކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ. އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޖެންޑާ މިނިސްޓްރީން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ފަޒުނާ ވިދާޅުވީ އަންހެނުންގެ ދުވަހުގެ ޝިއާރަކީ ފޭސްބުކަށާއި އިންސްޓަގުރާމަށް ދޫކޮށްލެވޭ ހޭޝްޓެގަކަށް ވެގެން ނުވާނެ ކަމަށާއި އެކަން ވާން ޖެހޭނީީ އެކަމާ ދޭތެރޭ ވިސްނައި ފިޔަވަޅު އަޅައި ނަތީޖާ…