ވެމްކޯގެ އެމްޑީ ސިރާޖް ސަސްޕެންޑްކޮށްފި
ވެމްކޯ އިން ބަލަމުންދާ ޖިންސީ ފުރައްސާއިގެ މައްސަލައެއްގެ ތަހުގީގަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އޭނާ މިއަދު ސަސްޕެންޑްކޮށްފި އެވެ. އެ ކުންފުނީގައި އޮންނަ 'ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ' އިން ބަލަމުން ދަނީ، ކުރީގެ ޖެނެރަލް މެނޭޖަރަކަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލަ އެކެވެ. މިކަމާ ގުޅޭގޮތުން ޕީސީބީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ޖިންސީ…