ރޭޕްގެ ތުހުމަތުވި މީހަކު މަރުވެއްޖެ
ތ. މަޑިފުށީގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވިފައިވާ މީހަކު ދަންޖެހިގެން މަރުވެއްޖެއެވެ. ފުލުހުން ރޭ ބުނީ ތ. މަޑިފުށީގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެބުރުވަރީ 23 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ނިޔާވެފައިވާ ކަމަށާއި، އެއީ 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މަރުވުމާ…