ފުނަދޫގައި ސިހުރު ހެދި ކަމަށް ބުނާ މީހާގެ ބަންދަށް އިތުރު 10 ދުވަސް
ށ. ފުނަދޫގައި ސިހުރު ހެދި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު މަމްދޫހަށް އަމާޒުކޮށް ސިހުރު ހެދި ކަމަށް ތުހުމަތު ކުރެވޭ އެ މީހާ، އެފަދަ ސާމާނުތަކާ އެކު ހައްޔަރު ކުރީ މި މަހުގެ ތިންވަނަ ދުވަހުގަ އެވެ. އުމުރުން 60 އަހަރުގެ އެ ދިވެހި ފިރިހެން މީހާގެ ބަންދަށް ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ ޖެހީ 15 ދުވަހެވެ.…