ފަތުހުއްﷲ ޖަމީލު ބިލްޑިންގް ރަސްމީކޮށް ހުޅުވައިފި
ފޮރިން މިނިސްޓްރީ ހިންގަމުން އައި އިމާރާތުގެ ފަތުހުﷲ ޖަމީލް ބިލްޑިންގް އަށް ބަދަލުކޮށް އެ އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ.
ފޮރިން މިނިސްޓްރީ ހިންގަމުން އައި އިމާރާތުގެ ފަތުހުﷲ ޖަމީލް ބިލްޑިންގް އަށް ބަދަލުކޮށް އެ އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ އެސްއެމްއީޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ހެޑް އޮފީހަށް ވަދެ ވައްކަން ކުރަން މަސައްކަތް ކުރި ނަަމަވެސް ލޯން އެޕްލިކޭޝަންތައް ރައްކާތެރިކަމާއިއެކު އެބަހުރި ކަމަށް އެ ބޭންކުން ބުނެފި އެވެ.
އިތުރު ހަތަރުހާސް މީހުން ކޮވިޑް19 ދިފާއު ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފިއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރޭގެ ނިޔަލަށް 246،841 މީހުން ވަނީ މުޅި ރާއްޖެއިން ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އިއްޔެ އެކަނިވެސް ވަނީ 4،471 މީހުން ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 1727 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 2744 މީހުންނެވެ. އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ 334 މީހުންނެވެ.…
މުޅި ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވީ 73 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ 6،715 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި އަދަދެވެ. މާމެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 14 މީހުންނެވެ. އަތޮޅު ތެރެއިން 46 މީހުން ޕޮޒިޓިވްވި އިރު ރިސޯޓުތަކުން 9 މީހުން ޕޮޒިޓިވްވެފައިވެއެވެ. މިވަގުތު 16 މީހަކަށް ހޮސްޕިޓަލް ތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 214 މީހުންނެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ…
އަޟްހާ އީދު ބަންދުގައި ކޮވިޑް ދިފާއު ވެކްސިން ޖެހުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް ހެލްތް ޕްރޮތެކްޝަން އެޖެންސީން ހާމަކޮށްފިއެވެ. އެޗްޕީއޭގެ ޕްރެސްކޮންފަރެންސެއްގައި ވާހަަކަފުޅު ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ)ގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނީ 15 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ. ބުރާސްފަތި ދުވަހުގެ ފަހުން ވެކްސިން ޖެހުން އީދު ބަންދު ނިމެންދެން މެދުކަނޑައިލާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. އަދި ވެކްސިން ޖެހުން ހުޅުވާނެ…
ރާއްޖޭގެ އާބާދީގެ 18 އަހަރުން މަތީގެ 50 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ. އެޗްޕީއޭއިން ބުނީ 319،378 މީހުން ވަނީ އިއްޔެ އާއި ހަމައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ކަމަށެވެ. މިހާތަނަށް ރާއްޖެއިން 242،370 މީހުން ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. މިއީ ރާއްޖޭގެ ވެކްސިންޖެހޭ އާބާދިގެ 50 އިންސައްތަ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. ރާއްޖޭގައި ޖަހަމުން އަންނަނީ ތިން ވައްތަރެއްގެ ވެކްސިންއެވެ. އެއީ ކޮވިޝީލްޑް…
ފެމިލީ ކޯޓުގެ ގާޟީ އަލްއުސްތާޒް އަބްދުﷲ މުހައްމަދު އާއި ބެހޭގޮތުން ތަހުގީގުކުރި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ނިންމައިފިއެވެ. ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ށ ގެ ދަށުން ކޮމިޝަނުން ބެލި ޝަކުވާ އާއި ގުޅިގެން ފެބްރުއަރީ 24 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސްދީފައިވާ ފެމިލީ ކޯޓުގެ ގާޟީ އަލްއުސްތާޒް އަބްދުﷲ މުހައްމަދު ގެ ސުލޫކީ މައްސަލަ ތަހުގީގު ކުރެވި އެމައްސަލަ ސާބިތުނުވާ…
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަރެކްޝަނަލް ސަރވިސް ދީފައިވާ ވެހިކަލްތައް، ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ. ވެހިކަލްތައް ހަވާލު ކުރުމަށް މިއަދު ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި އިންޑިއާ ހައިކޮމިޝަންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ކަރެކްޝަނަލް ސަރވިސްގެ މަސައްކަތް ފުރިހަމަ ގޮތުގައި ކުރުމަށް އަދި ދަތުރުފަތުރުކުރުމަށް އެސަރވިސްއަސް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ބޭނުންވާ އުޅަނދުފަހަރު…