ބޭރުގެ ބޯޓެއްގައި ހުރި ބަލި މީހަކަށް އެމްއެންޑީއެފްގެ އެހީތެރިކަން
ބޭރުގެ އާގު ބޯޓެއްގެ ފަޅުވެރިއަކު ހާލު ދެރަވުމުން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމެރިކާއިން ޓައިވާނަށް ދަތުރުކުރަމުންދާ ބޭރުގެ އާގުބޯޓެއްގެ ފަޅުވެރިއަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް ސަދަން އޭރީ ސީޖީ ސްކޮޑްރަންގެ އެހީތެރިކަމާއެކު މިއަދު 11:27 އައްދޫ ސިޓީ ފޭދޫ އަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ. މިހާދިސާގެ ރިޕޯޓް އެއިދާރާއަށް ލިބިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުރޭ 21:58 ގައި ކަމަށް އެމްއެންޑީފުން ވަނީ ބުނެފައެވެ.