އެމްއައިއެފްސީގެ ބިންގާ އަޅައިފި
ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ޤާއިމްކުރާ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ) ގެ ބިންގާ މިއަދު އަޅައިފިއެވެ. ހުޅުމާލޭ އަރބަން އައިލް ސަރަހައްދުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމް.އައި.އެފް.ސީގެ ރަމްޒީ ބިންގާ އިފްތިތާޙްކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރު އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްގެ ރައީސް، ޝެއިޚް ނާއިފް ބިން ޢީދު އަލް ޘާނީ އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ސަރުކާރު…









