ދާންމަތިވެފައިވާ އިސްރަށްވެހިންނަށް ޒިޔާރަތްކުރުމުގެ ޕްރޮގްރާމް އިފުތިތާހުކޮށްފި
ދާންމަތިވެފައިވާ އިސްރަށްވެހިންގެ އިޖްތިމާޢީ ބޭނުންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމް އިފުތިތާހުކޮށްފިއެވެ. މި ޕްރޮގްރާމް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ. ދާންމަތިވެފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތް ކުރުމުގެ މިޕްރޮގްރާމަކީ، އިސްރަށްވެހިންގެ އުފަލާއި ހިތްހަމަޖެހުމަށް ގޭގޭގައި ދާންމަތިވެފައިވާ އުމުރުން ދުވަސްވީ މީހުންގެ ކައިރިއަށް ޒިޔާރަތްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ދާންމަތިވެފައިވާ ފަރާތްތަކުގެ ގޭގެއަށް މަހަކު އެއްފަހަރު ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިަފއެވެ. މި ޕްރޮގްރާމާ…