ކުޅުދުއްފުށި ނޭޝަނަލް ކެރިއާސް ސާވިސްގެ އޮފީސް ހުޅުވައިފި
ނޭޝަނަލް ކެރިއާސް ސާވިސް (އެންސީއެސް) އިން ކުޅުދުއްފުށި ސިޓީގައި އަލަށް ގާއިމުކުރާ ރީޖަނަލް އޮފީސް ހުޅުވައިފިއެވެ. ކުޅުދުއްފުށީގައި ގާއިމުކުރި މި އޮފީހަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ގުޅުވައިދިނުމަށް އަމާޒުކޮށް ގާއިމުކުރި އޮފީހެކެވެ. މި އޮފީސް ހުޅުވާދެއްވީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރެވެ. އެ ވުޒާރާއިން މައުލޫމާތު ދެއްވާގޮތުގައި މަސައްކަތުގެ އުމުރުފުރައިގެ…









