ދެ ޑްރެޖަރު ބޭނުންކޮށްގެން ހުޅުމާލެ ފޭސް ތިނެއް ހިއްކަން ފަށައިފި
ދެ ޑްރެޖަރު ބޭނުންކޮށްގެން ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޑްރެޖާ ޓީއެސްއެޗްޑީ ޕްރިންސް ޑެ ނެދަލޭންޑެން އައިސްފައިވާ ކަމަށާއި ހުޅުމާލެ ފޭސް 3 ގައި މިހާރު މަސައްކަތް ކުރަމުންދާ ޑްރެޖާ ޓީއެސްއެޗްޑީ އޮރާންޖީއާ އެކު އެތަނުގައި މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އެއްފަހަރާ…









