ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ
ކޮވިޑް ޖެހިގެން ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހަކު ބުދަ ދުވަހުގެ މެންދުރު 1:37 ގައި ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފައިވަނީ 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 279ށް އަރާާފައެވެ. މި މަހުގެ މިހާތަނަށް 3 މީހަކު ވަނީ ނިޔާވެގެން ރިޕޯޓްކޮށްފައެެވެ. އެއީ ބުދަ ދުވަހު ރިޕޯޓްކުރެވުނު މަރާއި، ހުޅުމާލެ…