އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމަށް އައިޝަތު އަސްނާ ހަމްދީގެ ނަން
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމަށް އައިޝަތު އަސްނާ ހަމްދީ ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ. މަޖިލީހުގައި އަސްނާގެ ނަން ހުށަހެޅުއްވުމާ ގުޅިގެން، އިތުރަށް ދިރާސާކުރުމަށްޓަކައި މި މައްސަލަ ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވިފައެވެ. އަސްނާއަކީ މިހާރުވެސް އެމްއެމްއޭގައި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިވަގުތު އޭނާ ހުންނެވީ އެމްއެމްއޭގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ފައިނޭންޝަލް ސެކްޓަރ ބަލަހައްޓަވަމުންނެވެ. އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމު ހުސްވެފައިވަނީ…