އިސްރާއީލުގެ ޕާސްޕޯޓު ރާއްޖެއަށް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް މައުމޫނުގެ ތައުރީފު
އިސްރާއީލުގެ ޕާސްޕޯޓު ރާއްޖެއަށް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް މައުމޫނުގެ ތައުރީފުކުރައްވައިފިއެވެ. އިސްރާއީލުގެ ޕާސްޕޯޓު އޮތް ފަރާތްތަކަށް ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމާފައިވަނިކޮށް، ރައީސް މައުމޫން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކުރައްވާ ކަމަށާއި، އިސްރާއީލުގެ ޕާސްޕޯޓް ހޯލްޑަރުންނަށް ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމަށް، އެހެން ހުރިހާ ދިވެހި ރައްޔިތުންނެކޭ އެއްފަދައިން، އެމަނިކުފާނުވެސް ތަޢުރީފް ކުރައްވާ ކަމުގައެވެ. އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ މިމަހުގެ 2 ވަނަ ދުވަހުއެވެ. ސަރުކާރުގެ މި ނިންމެވުން އިޢުލާންކުރެއްވީ އެދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި…