ޝެއިހު ހަސީނާ މަޖިލީހުގައި ތަގުރީރު ކުރުމުގެ ދައުވަތު ދޭން މަޖިލީހުން ފާސްކޮށްފި
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރުމުގެ ދައުވަތު ދޭން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝެއިހު ހަސީނާ ތަގުރީރު ކުރެއްވުމަށް ދައުވަތު ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 44 މެމްބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، މި މަހު 22 ން 23…