ހުޅުމާލޭގައި މިރޭ ވެސް ހަވާ އަރުވަނީ
މިރޭ ވެސް ހަވާ އަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ. އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރިވެލި ބީޗުގައި މިރޭ 20:00ގައި ހަވާ އެރުވުމަށް ހަމަޖެހިފައި ވާކަމަށެވެ. މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި މި ހަރަކާތް ކުރިއަށް ދާނީ ތިންވަރަކަށް މިނިޓަށް ކަމަށް އެ ޕޯސްޓުގައި ވެއެވެ. މިއީ މިހަފުތާގައި ހަވާ އަރުވާ ހަތަރުވަނަ ރެއެވެ. މީގެ ކުރިން މިދިޔަ…