ދަރަވަންދޫ އެއާޕޯޓްގެ ޓާމިނަލް ޑިޒައިން ހަދަން ހަވާލުކޮށްފި
ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފި އެވެ. އެ މަސައްކަތް ހަވާލުކުރީ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓާ އެވެ. އެ އެއާޕޯޓް ހިންގަމުން އަންނަ ކުންފުނި އައިލެންޑް އޭވިއޭޝަން އައިއޭއެސް) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް އެވެ. އީޕޯޗް އެސޯސިއޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޢާވިޔަތު އަބްދުއްސައްތާރެވެ. އެއާޕޯޓުގެ ޑިޒައިންގެ މަސައްކަތް އީޕޯޗްއާ ހަވާލުކުރީ 45 ދުވަހުގެ…









