ރަށްރަށުގެ މިސްކިތްތަކުގައިވެސް ގުނޫތު ނާޒިލާ ނުކިއުމަށް މިނިސްޓްރީން އަންގައިފި
ރަށްރަށުގެ މިސްކިތްތަކުގައިވެސް ގުނޫތު ނާޒިލާ ނުކިއުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ. މިނިސްޓްރީން ރަށްރަށަށް ފޮނުވާފައޮވާ ސާރކިއުލަރއެއްގައި ބުނެފައިވަނީ، ރާއްޖޭގައި މިހާރު އަންނަނީ ކޮވިޑްގެ ހާލަތު ރަނގަޅުވަމުން ކަމަށްވުމާއެކު ކަމާބެހޭ ފަރާތްތަކުން ދީފައިވާ ލުއިތަކާއެކު މޮނިޓަރިންގެ ހާލަތުގައި ނެތް ރަށެއްނަމަ ގުނޫތު ނާޒިލާ ކިޔުން މިވަގުތަށް މަޑުޖައްސާލުމަށް އަންގާ ކަމަށެވެ. މީގެ އިތުރުން މާލެ ސާރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ގައިދުރުކޮށް ހެދުމާއި އަދި ޖަމާއަތުގެ ނަމާދުތަކުގައި ކޮވިޑް 19ގެ ހާލަތާއި ގުޅިގެން ކިޔަމުން އައި ގުނޫތު ނާޒިލާ ކިޔުން…