އޭއެމްއާރު ކޯޑިނޭޝަން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
އެންޓިމައިކްރޮބިއަލް ރެސިސްޓެންސް ކޯޑިނޭޝަން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ. ހެލްތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ގުޅުންހުރި ހުރިހާ އިދާރާތަކުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ "އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" (އޭ.އެމް.އާރު) އާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅިގެން މަޝްވަރާކުރުން ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. އެންޓިމައިކްރޯބިއަލްސް އަކީ ޖަރާސީމު(ބެކްޓީރިޔާ، ވައިރަސް، ފަންގަސް އަދި ޕެރަސައިޓް)ގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަށް ފަރުވާއެއްގެ ގޮތުން ދެވޭ ބޭސްތަކަށް ކިޔާ ނަމެކެވެ. "އެންޓިމައިކްރޯބިއަލްސް…









