އަރާ ފޭބުން މަނާ 20 ރަށެއް
ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިންއަށް ލާފައިވާ ރަށްތަކުގެ އަދަދު 20 އަށް ތިރިވެއްޖެ އެވެ.
ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިންއަށް ލާފައިވާ ރަށްތަކުގެ އަދަދު 20 އަށް ތިރިވެއްޖެ އެވެ.
ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގައި އިއްޔެ ހަމަނުޖެހުން ހިނގައި އަލިފާނުގެ ހާދިސާ ހިނގިއިރު ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން އެތަނުގައި ހަރަކާތްތެރިވަމުން ދިޔަކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓާ ފިޔަވަތީގައި އުފެދިގެން އުޅެނީ ކޮން ކަހަލަ މައްސަލަތަކެއްތޯ މުޖުތަމައަށް އެނގުން ވަރަށް މުހިންމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޝަހީމް ވިދާޅުވީ، އެތަނުގައި ތިބި ކުދިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ޖެހޭ ކަމަށާއި އިތުރު އޯގާތެރިކަން ދިނުން މުހިންމު ކަމަށެވެ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ މިއަދު ހަވީރުން ފެށިގެން ފިޔަވަތީގެ ފުރާޅު މަތީގައި ކުދިންތަކެއް…
ކަސްޓަމްސް ނޯތް ރީޖަނަލް ހެޑް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ. މި އިމާރާތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީއެވެ. މި ރަސްމިއްޔާތުގަިއ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ގާއިމު ކުރެވުނު ނޯތް ރީޖަނަލް އޮފީހުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއަރ ކުރުމަށް ހޭދަވާ ވަގުތު ކުޑަވެ ވިޔަފާރީގެ ހަރަދު ކުޑަވުމުގެ އިތުރުން، ރައްޔިތު މީހާ އަށް ހެޔޮ އަގުގައި ތަކެތި…
ކޮވިޑް ބަލީގައި ރާއްޖެއިން އިތުރުހަކު މީހަކު ނިޔާވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މިއަދު މެންދުރު 13:28ގައި ނިޔާވެފައިވަނީ 87 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެއް ކަމަށް އެ އެޖންސީން ހާމަކުރެއެވެ. މިހާތަނަށް މިބަލީގައި ރާއްޖެއިން ވަނީ 229 މީހުން ނިޔާވެފައެވެ. ކޮވިޑް ބަލީގައި ރާއްޖެއިން ވަނީ އިއްޔެ ވެސް މީހަކު ނިޔާވެފައެވެ. އިއްޔެ ނިޔާވެފައިވަނީ 89 އަހަރުގެ ފިރިހެނެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި…
ފިޔަވަތީގައި ތިބި ކުޑަ ކުދިން ފުރާޅުމަތީގައި އުޅޭތީ، ފުލުހުން އެ ސަރަހައްދު ބަންދުކޮށްފިއެވެ. އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ފިޔަވަތީގައި މިވަގުތު ތިބީ މަދު ކުދިންތަކެއް ނަމަވެސް އެކުދިން މިއަދު ހަވީރުވެސް ފުރާޅު މައްޗަށް އަރާ އުޅުނު ކަމަށެވެ. އަދި މިހާރުވެސް ގިނަ ކުދިންތަކެއް ފުރާޅު މަތީގައި ތިބުމުން ފުލުހުން އެ ސަރަހައްދު ބަންދު ކުރީ އެތަނުގައި ތިބި ކުދިން ފިލާގެން ހިނގާދާނެތީ ކަމަށް ބެލެވޭ ކަމަށެވެ. މިހާރަކަށް އައިސް ސަރުކާރުގެ ބެލުމުގެ ދަށުގައި ކުދިން…
ރިސޯޓްތަކުގައި މަސައްކަތްކުރާ 93 އިންސައްތަ މުވައްޒަފުން ދެ ޑޯޒް ފުރިހަމަކޮށްފިއެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިހާތަނަށް ވަނީ 99 އިންސައްތަ މުވައްޒަފުން ފުރަތަމަ ޑޯޒް ޖަހައިފައެވެ. ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 389،821 މީހުންނެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 326،821 މީހުންނެވެ. ރާއްޖޭގައި މުޅި ޖުމްލަ 152 ރިސޯޓެއް އޮޕަރޭޓްކުރަމުން ދެއެވެ. މި 152 ރިސޯޓްގައި މުޅި ޖުމްލަ 41،431 މުވައްޒަފުން މަސައްކަތްކުރެއެވެ. ކޮވިޑު ބަލި ފެތުރުން ހުއްޓުމަށް…
މުޅި ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 86 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި މައުލޫމާތުތައް ދައްކާގޮތުން މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 36 މީހުން ޕޮޒިޓިވްވި އެވެ. އަދި ރިޒޯޓުތަކުން 16 މީހުން ޕޮޒިޓިވްވި އެވެ. މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 34 މީހުންނެވެ. މިހާރު އެކްޓިވް ކޭސްތަކުގެ ގޮތުގައި…