ކިޑްނީ ބަލިން ރައްކާތެރިވުމަށް ކުރިއަލާ ޓެސްޓްތައް ހެދުމަށް އިލްތިމާސްކޮށްފި
ކިޑްނީ ބަލިން ރައްކާތެރިވުމަށް ކުރިއަލާ ޓެސްޓްތައް ހެދުމަށް އައިޖީއެމްއެޗްގެ ހެޑް އޮފް ނެފްރޮލޮޖީ ޑރ.އިބްރާހީމް ޝިހާމް އިލްތިމާސްކޮށްފިއެވެ. ކިޑްނީ ބަލީގެ ހަފްތާ ފާހަގަކުރުމަށް ކުރަމުންދާ މަސައްކަތްތަކައި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޑރ. އިބްރާހީމް ޝިހާމް ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ވަރަށް ގިނަ ބައްޔެއްކަމަށާއި އޭޝިއާ ގައުމުތަކުގައި34 އިންސައްތަ މީހުން މި ބަލިތަހަންމަލްކުރަމުންދާއިރު، ރާއްޖޭގައި ވެސް ކިޑްނީ ބަލީގެ ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ގިނަ ވަމުންދާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކިޑްނީ ބައްޔަކީ ފަސޭހައިން ދެނެގަނޭ…









