މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ
މާލެއިން ޒުވާން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން ދަނީ އައިޝަތު ލަމްޔާ ކިޔާ އަންހެނެކެވެ. އާއިލާ އިން ބުނީ ރޭ 8:30 ގައި ފިހާރަ އަށް ދިޔަ ފަހުން އޭނާގެ ހަބަރެއް ނުވާތީ ހޯދަމުންދާ ކަމަށެވެ. ލަމްޔާ އާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، 9959907 ނުވަތަ 9691063 އަށް މައުލޫމާތު ހިއްސާކުރުމަށް އާއިލާއިން ވަނީ އެދިފައެވެ.









