ޑައިވަރުންތަކެއް މަރުވި ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސަންސް ހިފަހައްޓައިފި
ވ. އަތޮޅަށް ޑައިވިނަށް ދިޔަ ފަތުރުވެރިންތަކެއް ގެއްލި މަރުވި ހާދިސާއާ ގުޅިގެން، އެ މީހުން ދަތުރުކުރި "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ވަކި މުއްދަތެއް ނެތްގޮތަށް ހިފަހައްޓައިފިއެވެ. މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހު 13:45 ހާއިރު ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފައިވާ މި ހާދިސާގައި ޑައިވިނަށް ފައިބައިގެން އުޅެނިކޮށް ގެއްލިފައިވަނީ އިޓަލީއަށް ނިސްބަތްވާ ފަސް ފަތުރުވެރިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެ މީހުންނާއެކު ދިޔަ…









