ފުލުހުންގެ މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފި
ދިވެހި ފުލުހުންގެ ޚިދުމަތުގެ މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފިއެވެ. މި އެޕް އިފްތިތާހުކޮށްދެއްވީ ޖުމްހޫރީ މައިދާނުގައި މިހާރުކުރިއަށްދާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މޮބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުއެވެ. އިފްތިތާހު ކުރެވިގެން މިދިޔަ އެޕްލިކޭޝަނަކީ، އޮންލައިންކޮށް އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް، މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި، އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެގޮތުން، މި އެޕްލިކޭޝަނުގައި ރަޖިސްޓްރީވުމަށްފަހު، އެމީހެއްގެ ޑްރައިވިންގ ލައިސަންސްގެ މައުލޫމާތާއި، އެމީހެއްގެ…