އަސާސެއްނެތި ގާނޫނާ ހިލާފަށް މީހުން ހިފައި ހައްޔަރު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން: އިދިކޮޅު
ސިޔާސީ މަންފާއެއް ހާސިލް ކުރުމަށްޓަކައި އެއްވެސް އަސާސެއްނެތި ގާނޫނާއި ހިލާފަށް މީހުން ހިފާ ހައްޔަރު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ. ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް މީހަކު ހިފާހައްޔަރުކޮށް ބެހެއްޓޭނެ ގޮތްތައް ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައްޔާ ޖިނާއީ އިޖުރާތުގެ ގާނޫނުގެ 58 ވަނަ މާއްދާއާއި 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކުރެވިފައިވާ ކަމަށާއި އެހެންކަމުން ގިނަ އަދަދެއްގެ ބަޔަކު…









