މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 95 މީހުން
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 95 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 38 މީހުންނެވެ. އަތޮޅު ތެރެއިން މިއަދު ޕޮޒިޓިވްވީ 55 މީހުންނެވެ. ރިސޯޓްތަކުން ޕޮޒިޓިވްވީ 02 މީހުންނެވެ. މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި ޓެސްޓްކޮށްފައިވަނީ 3،832 ސާމްޕަލް އެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 86،419 މީހުންނެވެ. މިހާރު ކޮވިޑަށް ރާއްޖެއިން ފަރުވާ ދެމުންދަނީ 1،311 މީހުންނެވެ. މިހާތަނަށް ރާއްޖެއިން 239 މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.…









