ހުޅުމާލޭގެ ބްރިޖަކުން ވެއްޓުނު މީހަކު ސަލާމަތްކޮށްފި
ހުޅުމާލޭގެ ދެ ފިޔަވަހި ގުޅާލުމަށް ހަދާފައިވާ ބްރިޖުތަކުގެ ތެރެއިން ބްރިޖަކުން މޫދަށް ވެއްޓުނު މީހަކު ސަލާމަތްކޮށްފި އެވެ. މިއަދު ފަތިހުގެ ވަގުތުގައި ބްރިޖު މަތިން މޫދަށް ވެއްޓުނު މީހާ ސަލާމަތް ކުރީ ދެ ފުލުހަކަށް ޔުނީފޯމުގައި ތިބެ މޫދަށް އެރިގެންނެވެ. ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ފަތިހު 5:42 ހާއިރު ކަމަށެވެ. މޫދުގައި އޮތް މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނީ ހެނދުނު 6:13 ހާއިރު ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ.…








