އާ ބާވަތެއްގެ މަސްތުވާތަކެތި އާންމުވަތީ ސަމާލުވާން އަންގައިފި
މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ބައިނަލްއަގްވާމީ މާކެޓުގައި އިތުރުވާތީ ސަމާލުވުމަށް ހޯމް މިނިސްޓްރީން އަންގައިފިއެވެ. މިކަމާ ގުޅިގެން ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގަިއ ވަނީ، "ފެންޓަނީލް - ލޭސްޑް ޑްރަގްސް" ނުވަތަ އާންމު ނަމުންނަމަ "ޗައިނާ ވައިޓް" އަކީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗެއް ކަމަށެވެ. މި ބާވަތުގެ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފުރާނައަށް ނުރައްކާވުން އެކަށީގެންވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެހެންކަމުން މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި، ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީއާއި ނެޝަނަލް…