ޗެއަރޕަރސަންގެ އިންތިޚާބު މެއި 14 އަށް ފަސްކުރަން ގައުމީ މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްކޮށްފި
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އަޣްލަބިއްޔަތުން ޗެއަރޕަރސަންގެ އިންތިޚާބު މެއިމަހުގެ 14އަށް ފަސްކޮށްފިއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މީގެ ކުރިން ބޭއްވުމަށް ނިންމީ އެޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. ނަމަވެސް ރަމަޟާން މަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭތީ ޗެއަރޕަރސަންގެ އިންތިހާބަށް ކުރިމަތިލެއްވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ހުށަހެޅުއްވީ އިންތިޚާބު ރަމަޟާން މަހުގެ ތެރޭގައި ނުބާއްވައި, އެހެން ތާރީޚެއް ގައުމީ މަޖިލީހުން ކަނޑައަޅައިދިނުމަށެވެ. އިންތިޚާބު ބާއްވަން ކުރިން ކަނޑައެޅި ތާރީޚު ރޯދަ މަހާ ދިމާވާތީ އިންތިޚާބު…