ވިޔަފާރިތަކަށް ފުރުސަތު ހޯދާދިނުމަށް ބީސީސީން އައިއޯރާ ބިޒްނަސް ކޮންކްލޭވްގައި ބައިވެރިވެއްޖެ
ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާއި ބައްދަލުކޮށް ދިވެހި ކުދި ވިޔަފާރިތަކަށް ރާއްޖޭން ބޭރުގައި ހުރި ފުރުޞަތުތައް ދެނެގަތުމަށްޓަކައި ބީސީސީން އައިއޯރާ ބިޒްނަސް ކޮންކްލޭވް 2024ގައި ބައިވެރިވެއްޖެއެވެ. މިބިޒްނަސް ކޮންކްލޭވްގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދަނީ އިންވެސްޓަރުންނާއި ބައްދަލުކޮށް ދިވެހި ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންކަމަށް ބީސީސީންވަނީ ބުނެފައެވެ. އަދި ކުދި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި ކުރެވިދާނެ އިންވެސްޓްމަންޓުތައް ދެނެގަނެ އެފަދަ ފުރުޞަތުތައް ފަހި ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ބިސީސީން މަޝްވަރާކުރާނެކަމަށް ވަނީ…









